މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 113 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 56 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 46 މީހުންނެވެ. ރިސޯޓުތަކުން ޕޮސިޓީވްވެފައިވަނީ 11 މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 2،950 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،062 މީހުންނަށެވެ. އޭގެ ތެރެއިން 85 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑްޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 22،166 މީހުން ވަނީ ރަނގަޅުވެފައިއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 67 މީހުން ވަނީ މަރުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 25،304 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް