ރަމަޟާން މަސް ފެށެން އެންމެ 4 ދުވަސް، ހެޔޮ ޢަމަލު ގިނަކުރޭ !

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ. މިހާރު އޮތީ އެންމެ 4 ދުވަހެވެ. އެމަހަށް ފުރިހަމައަށް ތައްޔާރު ވާ ފަށަންވެއްޖެއެވެ. ގެއްލުނު ރޯދަތައް ޤަޟާކުރާށެވެ. ކުރެވިފައިވާ ފާތަކަށް ނަ...

08 Apr 2021 | 16:41

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ. މިހާރު އޮތީ އެންމެ 4 ދުވަހެވެ. އެމަހަށް ފުރިހަމައަށް ތައްޔާރު ވާ ފަށަންވެއްޖެއެވެ. ގެއްލުނު ރޯދަތައް ޤަޟާކުރާށެވެ. ކުރެވިފައިވާ ފާތަކަށް ނަސޫޙު ތައުބާއަކުން ތައުބާވުމަށް އަވަސްވެގަންނާށެވެ. ތައުބާވުމަކީ ހަމައެކަނި ނުބައިކޮށް އުޅޭ ބައަކު ކުރަންޖެހޭ ކަމެއް ނޫނެވެ. ރަނގަޅު ގޮތުގައި އުޅޭ މީހުން ވެސް ގިނަގިނައިން ތައުބާވުމަކީ ކުރަންޖެހޭ ކަމެކެވެ.

ރަމަޟާން މަހުގެ ހެޔޮ އަމަލުތައް ގިނަ ކުރަން ތައްޔާރުވުމުގެ މަސައްކަތް އަވަހަށް ފަށާށެވެ. ރަމަޟާން މަހަކީ އިންސާނާގެ ނަފުސު ތާހިރު ކޮށްލަން ލިބޭ ރަނުގެ ހަމައެކަނި ފުރުސަތެވެ. އެމަހާ ބައްދަލުވެ އެމަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގެންފިމީހާ ބާއްޖަވެރިވާނެއެވެ. އަހަ އެގޮތަށް ރަމަޟާން މަހާއި ބައްދަލުވެ އެ މަސް ނިމިގެންދާއިރު އެމީހެއްގެ ފާފަތައް ނުފުއްސަވައިފި މީހާއަކީ ގެއްލެނިވެގެންވާ މީހެކެވެ. އެފަދަ މީހާއަށްވުރެ ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެއެވެ!

ރަމަޟާން މަހުގެ ބަރަކާތް ފުރިހަމަ ގޮތުގައި ހާޞިލުކުރުމަކީ ރޯދަ ހިފަން ފެށުމަށްފަހު އެކަމަށް މަސައްކަތް ފަށައިގެން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ކުރިއާލައި ތައްޔާރުވެގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ރަޖަބް މަހާއިއެކު ހެޔޮކަމުގެ މޫސުން ފެށުނީއެވެ. ވީމާ ރަޖަބު މަހުން ފެށިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ މަސައްކަތްތައް އިތުރުކޮށް ވަރުގަދަކުރަން ޖެހެއެވެ.

ރަމަޟާން މަހަށް ފެށުމުން ރޯދަ ހިފަން ފަށާ މީހާއަށް ރޯދަ ހިފުމުގައި ތަކްލީފްތަކެއް ހުރެދާނެއެވެ. ނަމަވެސް ކެތްރެިކަމައި އެކު އެ މަހުގެ ހެޔޮ ދަރުމައާއި ސަވާބު ލިބިގެންފި މީހަކީ ނަސީބުވެރިއެކެވެ.

ރަމަޟާން މަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔެވުމެވެ. ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔެވުން ގިނަކުރަން ޖެހޭއިރު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ ކީރިތި ޤްރްއާން ކިޔަވަން ފަރިތަކޮށްގެންނެވެ. އެހެންކަމުން ދުރާލައި އެކަމަށް ފަރިތަކުރަން ޖެހޭނެއެވެ! ރަމަޟާން މަހު ވީހައި ގިނަ ޚަތިމްކުރަން މަސައްކަތް ކުރަން ޖެހޭއިރު އެކަން ކުރެވޭނީ ފަރިތަކޮށް ކިޔެވިގެންނެވެ. ފަރިތަކޮށް ކިޔެވޭނީ އެކަމަށް ދުރާލައި ފަރިތަކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް