ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހ ިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެއް ނޫން ކެންޑިޑޭޓަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމުމަށް އއ. ރަސްދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީއަކީ ހާލަތާއި ގުޅޭގޮތަށް ކަންކަން ކުރަން ދަންނަ ޕާޓީއެއްކަމަށެވެ. އަދި ރަށްވެހި ފަތިސް ކެމްޕޭނުން އެކަނިވެސް އެމްޑީޕީއަކީ އޭރަކު އޮންނަ ކަނޑެއްގައި ދުއްވަން އެނގޭ މާލިމީންތަކެއް ތިބި ޕާޓީއެއްކަން ސާބިތުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުންވެސް އާދަޔާ ޚިލާފު ގިނަ މަންޒަރުތަކެއް ފެންނަމުންދާ ކަމަށެވެ.
ކައުންސިލް އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއްކަން ފާހަގަކުރައްވަމުން ރައީސް ސާލިޙް ވަނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓެއް ނޫން ކެންޑިޑޭޓަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.
އެމްޑީޕީއަށް ބާރު ދިނުމުން ކަންކަން ކޮށްދޭކަން ސާބިތުކޮށްދީފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށްފުށު ތަރައްގީއަށް ބޭނުންވާނަމަ އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް