ޖޫރިމަނާ ލުއިކުރުމުގައި އަނަސްގެ ސިޔާސަތު

އިޖުތިމާއީ ހިދުމަތާއި އަދަބު ލުއިކުރުމުގެ ނިޒާމް ތަޢާރަފުކުރުމުން މުޖުތަމައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް މާލެސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު ވ...

08 Apr 2021 | 15:27

އިޖުތިމާއީ ހިދުމަތާއި އަދަބު ލުއިކުރުމުގެ ނިޒާމް ތަޢާރަފުކުރުމުން މުޖުތަމައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް މާލެސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

"ދުވަސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަނަސް ވަނީ އޭނާގެ މޭޔަރު ކަމުގައި އަދަބު ލުއި ކުރުމުގެ ނިޒާމަށް ގެންނަ ބަދަލުން މުޖުތައުއަށް އަންނާނެ ހެޔޮ ބަދަލާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި އެވެ.

އަނަސް ވިދާޅުވީ ކުރީ ސަރުކާރުތަކުގެ ސަގާފަތަކީ މިފަދަ އަދަބުތައް ލުއިކޮށްދީ، މަޢާފުކޮށްދިނުމަށް ފަހު ދޫކޮށްލުން ކަމަށެވެ. އެކަމަކު އެގޮތަށް އަމަލު ކުރުމުން ޖޫރިމަނާ ވާ ފަރާތްތަކަށް، އެ ގަވާއިދާ ޙިލާފުވި ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތަން ދަސް ނުވާ ކަމަށް އަނަސް ވިދާޅުވިއެވެ.

އެހެންކަމުން އެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހަނދުމަކޮށްދިނުމާއި، އެ މީހަކަށް އެ ކުރެވުނީ ޤަވާއިދާ ޤާނޫނާ ޚިލާފު ކަމެއް ކަން އިހުސާސް ކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލިގެން ނުދާ ކަމަށް ވިދާޅުވި އެވެ. އަނަސް ވިދާޅުވީ އެއާޚިލާފަށް، އެ ޖޫރިމަނާ މަޢާފުކޮށްދެވޭނީ މުޖުތަމައަށް ކޮންމެވެސް މުއްދަތަކަށް ޚިދުމަތް ކޮށްދިނުމުންކަމަށް ކަނޑައަޅައިފިނަމަ ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް އެމީހުން ނަގަންޖެހޭ މަސްއޫލިއްޔަތެއް އޮތްކަން އިހުސާސްވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ މި ސަރުކާޜު ވެރިކަމަށް އައުމާއި އެކު އެކި ޖޫރިމަނާތައް ކުރެވިފައިވާ މީހުން އުންމީދު ކޮށްގެން ތިބީ ކުރީގެ ސަރުކާރުން މިކަމާމެދުގައި އަމަލު ކޮށްފައިވާ ގޮތަށް ލުއި ލިބޭނެ ކަމަށެވެ. އެހެންކަމުން މަތިމައްޗަށް ޖޫރިމަނާ ވީ ކަމުގައި ވިޔަސް، ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ ވިސްނުން މީހުން ނުގެންގުޅޭ ކަމަށް އަނަސް ފާހަގަަކުރެއްވިއެވެ.

ޖޫރިމަނާ މަޢާފު ކުރުމުގައި، އެމީހަކު ބޭނުން ނަމަ ފައިސާ ދެއްކުމުގެ އިިހުތިޔާރުވެސް އޮންނާނެ ކަމަށާއި އެހެން ނަމަވެސް ޖޫރިމަނާ މަޢާފުކުރަން ބޭނުން ނަމަ، އެ ފުރުސަތުވެސް އޮންނާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

އެ ފުރުސަތަކީ، ވަކި މުއްދަތަކަށް މާލޭގައި އިޖުތިމާއީ މަސައްކަތެއްގައި ބައިވެރިވުމެވެ. ވަކި ދުވަސްތަކެއްގެ މަތިން އެފަދަ ކަމެއް ފުރިހަމަ ކުރުމުން ޖޫރިމަނާ މަޢާފުކުރާނެކަމަށް އަނަސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ކަމަކީ ތަފާތު އެކި ވިސްނުންތަކުގެ އެކިޤައުމުތަކުގައި ކާމިޔާބު ކަމާއެކީ ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އަނަސް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ކަންކަން ކުރެވޭނީ ސިޓީ ކައުންސިލަށް ކަމަށް އަނަސް ގަބޫލުފުޅު ކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް