އަންނަ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މީރާ އިން ހިދުމަތް ދޭ ގަނޑިތައް އާންމުކޮށްފި އެވެ.
މީރާއިން ބުނީ އެ އޮތޯރިޓީގެ ކައުންޓަރުތަކުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކަމަށެވެ. އަދި އެވަގުތުތަކުގައި މައުލޫމާތު ދޭ ކައުންޓަރުތަކުންވެސް ހިދުމަތް ދޭނެ ކަމަށެވެ.
މިރާ އިން ބުނީ މިހާރެކޭ އެއްގޮތަށް ރޯދަ މަހު ވެސް ހިދުމަތް ހޯދަން ނަންބަރު ނަގަން ޖެހޭނީ އެތަނުގެ މޯބައިލް އެޕްލިކޭޝަން ނުވަތަ ކިއުބީ މެދުވެރިކޮށް ކަމަށެވެ.
މިއީ އެތަނުން ހިދުމަތް ހޯދާ މީހުން ކިޔޫގައި ތިބެން ޖެހޭ ވަގުތު މަދުކޮށް އިޖްތިމާއީ ގައިރުދުކަމުގައި ހިދުމަތް ހޯދުމަށް ބާރު އެޅުމަށް މީރާއިން ގެނައި ބަދަލެކެވެ.
އޮންލައިންކޮށް ނަންބަރު ނުނެގޭ މީހުންނަށް މީރާގެ ނަންބަރު 3020460 އަށް ގުޅައިގެން ވެސް ނަންބަރު ނެގޭނެ އެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން މީރާ އިން ވަނީ އެތަނަށް ބަލައިގަންނަ ގިނަ ފީތައް އޮންލައިންކޮށް ދެއްކޭ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ. އެހެންވެ އެންމެންވެސް އެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް