މިއަދު މާފަންނު މުއިވެޔޮ މަގު ބަންދުކޮށް، ހަތިޔާރާއެކު އެމްއެންޑީއެފް އާއި ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ މަގު ބަންދުކޮށްފައި ވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނަކަށް ކަމަށެވެ. އެ ގޮތުން، އެ އޮޕަރޭޝަން ފެށީ ގެއެއްގައި ހަތިތާރު ގެންގުޅޭކަމުގެ ރިޕޯޓެއް ލިބުމުން ކަމަށް ސިފައިން ބުނެއެވެ،
އެމްއެންޑީއެފްއިން ބުނީ ފުލުހުން ހިންގި މި އޮޕަރޭޝަނަށް ފުލުހުން އެދިގެން ސިފައިން ހަރަކާތްތެރިވި އިރު، ހޯދިފައި ވަނީ "ކުޅޭކުޅޭ ބަޑިއެއް" ކަމަށެވެ.
"އެމްއެންޑީއެފް އިން ޗެކްކުރިއިރު، އެ ހަތިޔާރަކީ ޓޯއި ގަންއެއް، ކުޅޭ ކުޅޭ ބަޑިއެއް" ސިފައިންގެ މީދިޔާ އޮފިޝަލް ދުވަސް އަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް