ދ. ކުޑަހުވަދޫ އާއި މީދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

ދ. ކުޑަހުވަދޫ އާއި އެ އަތޮޅު މީދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ. ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. މީދޫ މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 21 ވަނަ...

08 Apr 2021 | 08:42

ދ. ކުޑަހުވަދޫ އާއި އެ އަތޮޅު މީދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. މީދޫ މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ކުޑަހުވަދޫއިން މި މުއްދަތުގައި 11 މީހަކު ކޯވިޑަށް ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮސިޓިވް މީހަކާއި ކޮންޓެކްޓްވި މީހަކާއި ރަށުތެރެއިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވި 10 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ތިން ބިދޭސީންނެވެ.

މީދޫއިން ޕޮސިޓިވްވެފައިވަނީ ކުޑަހުވަދޫއަށް ދަތުރު ކުރި މީހެކެވެ. ދެން ޕޮސިޓިވްވެފައި ތިބީ ހޯމް ކަރަންޓީން ފުރިހަމަ ކުރި ދެ މީހެކެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދެ ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް އަދިވެސް ދެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ކުރިޔަށް ގެންދާ ކަމަށެވެ.

އިއްޔެ ވަނީ ރ. މާކުރަތުވެސް މޮނިޓަރިންއިން ނަގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް