ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުން ދަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އަމަލުކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ހުކުމް ތަންފީޒު މައްސަލައެއް ނިންމެވި އިރު، މައްސަލާގައި ހިމެނޭ އެއްވެސް ފަރާތެއް ހާޒިރު ނުކޮށް މައްސަލަ ނިންމެވި ކަމަށް ބުނާ މައްސަލައެއް ވެސް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. މި މައްސަލަ ބަލަން ނިންމީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.
މި ދެ މައްސަލަ ތަހުގީގުކުރަން ނިންމައި އެކަމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް