ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބަހައްޓާފައިވާ މުދާތައް ނީލަމުގައި ވިއްކާލަން ހަމަޖެހިފައި ވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުގައި މުދާ ބެލުން އޮންނާނީ 2021 އޭޕްރީލް 19 ވާ ހޯމަ ދުވަހުގެ ހަވީރު 4:30 ގައެވެ. އެހެންކަމުން މުދާ ބެލުމަށް ނަން ނޯޓް ކުރުމަށްޓަކައި އެދުވަހުގެ ، 10:00 ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމުhttps://bit.ly/3ryA2Wl ފުރިހަމަކުރައްވަން ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މުދާބެލުމަށް ދާއިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިފައިގެން) ދިއުމަށް އެމްޕީއެލް އިން އެދިފައިވެއެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ 2021 އޭޕްރީލް 12 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށް ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ނީލަން ކިޔުން އޮންނާނީ އެމްޕީއެލް ހެޑް އޮފީސް ގެ ބަނދަރު މާލަމުގައި 2021 އޭޕްރީލް 22 ވާ ބުދަ ދުވަހު 2:00 ން ފެށިގެންނެވެ.
މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ އެމްޕީއެލްގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ގެ ދަށުން ކަމަށާއި އެކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކަށް ކަމުގައި އެމްޕީއެލްގެ އިއުލާނުގައި ވެއެވެ.
ނީލަމާއިބެހޭ އިތުރު މަޢުލޫމާތު :(www.port.mv)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް