ހއ. ހޯރަފުށި މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގައި މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރއާއި އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމު ކުރުމާއި މަގުބައްތި ޖެހުމުގެ އިތުރުން 5.3 މީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 470 ދުވަހުގެ ތެރޭގައި އެވެ.
މި މަޝްރޫޢުގެ އަގަކީ 71.90 މިލިއަން ރުފިޔާ އެވެ.
މި މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނެންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙުމަދު ޙަމީދެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ ފަރާތުން ސޮއިިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ އަލްފާޟިލް ޝާހިދު ހުސެން މޫސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް