އިންތިހާބަށް ފަސް ލައްކައެއްހާ ވޯޓު ކަރުދާސް ޗާޕުކުރިން: އީސީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަސް ލައްކައެއްހާ ވޯޓު ކަރުދާސް ޗާާޕުކޮށްފައިވާ ކަމަށް އިލެކްޝަން...

08 Apr 2021 | 06:43

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަސް ލައްކައެއްހާ ވޯޓު ކަރުދާސް ޗާާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ދެ އިންތިހާބަށް ޖުމްލަ 498،184 ވޯޓޫ ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބަށް 275،860 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 222،324 ވޯޓު ކަރުދާސް ޗާޕުކޮށްފައި ވެ އެވެ.

އާއްމު އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާގޮތުގައި، ކޮންމެ އިންތިހާބެއް ބޭއްވުމުގެ ގިނަ ވެގެން ފަސް ދުވަސް ކުރިން އެ އިންތިހާބަކަށް ޗާޕްކުރެވުނު ވޯޓު ކަރުދާހުގެ އަދަދާއި ޗާޕުކުރި ތަނުގެ މައުލޫމާތު އާއްމުކޮށް އިއުލާންކުރަންޖެހެ އެވެ.

އީސީން ބުނީ އިންތިހާބުގައި ބޭނުން ކުރާ ވޯޓު ކަރުދާސް ޗާކު ކުރީ ނޮވެލްޓީ ޕްރިންޓާސް އިން ކަމަށެވެ.

މިހާރު ވަނީ ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތަކާއި ރިސޯޓްތަކާއި ރަށްރަށަށް ވެސް ވޯޓު ކަރުދާސް ފޮނުވައި ނިންމައިފަ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 120 ކެންޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

އީސީން ބުނީ އިންތިހާބުގައި މިހާރު ވާދަކުރަނީ 3،934 ކެންޑިޑޭޓުން ކަމަށެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 މީހަކާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި ބޭޏުން ކުރާ ވޯޓު ފޮއްޓާއި ވޯޓުކަރުދާސް މިހާޜުވަނީ ހުރިހާ ރަށްތަކާއި ރިސޯޓުތަކަށް ފޮނުވާ ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް