ރެފިއުޖީން ޕާކިސްތާނަށް: އަހަރެމެން ވެކްސިން ބޭނުމެއް ނޫން، ބޭނުމީ ފައިސާ

ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ރެފިއުޖީން ބޭނުންވަނީ ކޯވިޑް-19ގެ ވެކްސިން ނޫން ކަމަށާއި ބޭނުންވަނީ ފައިސާ ކަމަށް އެ ރެފިއުޖީންގެ ފަރާތުން ސަރުކާރަށް ހުށަހަޅައިފިއެވެ. ރެފިއުޖީންގެ ފަރާތުން ...

08 Apr 2021 | 05:42

ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ރެފިއުޖީން ބޭނުންވަނީ ކޯވިޑް-19ގެ ވެކްސިން ނޫން ކަމަށާއި ބޭނުންވަނީ ފައިސާ ކަމަށް އެ ރެފިއުޖީންގެ ފަރާތުން ސަރުކާރަށް ހުށަހަޅައިފިއެވެ.

ރެފިއުޖީންގެ ފަރާތުން މިކަން ޕާކިސްތާނުގެ ސަރުކާރަށް ހުށަހެޅި މަންދޫބުން ބުނެފައިވަނީ ކޮވިޑުން ރައްކާތެރި ކުރުމަށް ޕްރޮގްރާމެއް ހިންގަން އުޅޭކަންވެސް އެނގިފައިނުވާކަމަށާއި އެ ކޭމްޕްތަކުގައި ކޮވިޑު ފެތުރިފައިނުވާއިރު އަދު ކޮވިޑުގައި އޭގެން ކޭމްޕަކުން މީހަކު މަރުވެފައިނުވާއިރު އެ ފަރާތްތަކަށް ވެކްސިން މުހިންމު ނުވާކަމަށެވެ. އަދި ކޮވިޑާއިމެދު އެ ފަރާތްތައް ހޭލުންތެރި ކުރުވާފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

އަފްގާނިސްތާނަށް ނިސްބަތްވާ 1.4 މިލިޔަން ރެފިއުޖީން ޕާކިސްތާނުގެ 54 ކޭމްޕެއްގައި ދިރިއުޅެމުން ގެންދެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ހައިބަރު ޕަކްތުންކްވާ ސަރަހައްދާއި ހުޅަނގު ދެކުގެ ބަލޮޗިސްތާން ޕްރޮވިންސް ސަރަހައްދުގައެވެ. އަފްގާނިސްތާނުގެ ބޯޑަރާ މާ ދުރުނޫން ހިސާބެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ރެފިއުޖީންނަށް ކުރުން މަނާ ގިނަ ކަންތައްތަކެއް ޕާކިސްތާނުން ސަރުކާރުން ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ގެދޮރު ގަތުމާއި އުޅަނދުފަހަރު ގަތުމުގެ އިތުރުން ފޯނަށް ލައްވާ ސިމްކާޑު ގަތުންވެސް އޮންނަނީ މަނާކޮށްފައެވެ. ޕަބްލިކް ސްކޫލްތަކާއި ޔުނިވާސިޓީއަށް ދިއުމުގެ ފުރުސަތުވެސްމަނާކޮށްފައިވާއިރު ގިނަ ފަހަރަށް ހޮސްޕިޓަލު ތަކުންވެސް އެ ފަރާތްތަކަށް ހިދުމަތެއް ނުދެއެވެ. އެ ފަރާތްތަކުން ތިބީ މާދަމާވެސް ނުވެސް ދަންނަ ގައުމަކަށް ޑީޕޯޓްކޮށްލަފާނެ ކަމުގެވެސް ބިރުވެރިކަމުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް