ރަސްދޫ 'ރަށްވެހިފަތިސް' އަލިވިލުން ޖަލްސާ އަށް ރަންރީނދޫ ލަޝްކަރު ފުރައިފި

އއ. ރަސްދޫ 'ރަށްވެހިފަތިސް' އަލިވިލުން ޖަލްސާ އަށް ރަންރީނދޫ ލަޝްކަރު ފުރައިފި ކަމަށް އެމްޑީޕީ ރައްވެހި ފަތިސް ޓީމުން ބުނެފިއެވެ. އެމްޑީޕީއިން ބުނެފައިވާ ގޮތުގައި މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ އި...

08 Apr 2021 | 05:21

އއ. ރަސްދޫ 'ރަށްވެހިފަތިސް' އަލިވިލުން ޖަލްސާ އަށް ރަންރީނދޫ ލަޝްކަރު ފުރައިފި ކަމަށް އެމްޑީޕީ ރައްވެހި ފަތިސް ޓީމުން ބުނެފިއެވެ.

އެމްޑީޕީއިން ބުނެފައިވާ ގޮތުގައި މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރަސްދޫ ފަޅުތެރޭގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ފުރުމުގެ ކުރިން، ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އައްޑޫ އިން ފެށިގެން އައިސް ކުޅުދުއްފުއްޓާ ފުވައްމުލަކާއި މާލެ، މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާއެކު، ބޮޑު ތަފާތުން ނަގާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑި މި ޕާޓީން ކާމިޔާބުކުރާނެ. އަޅުގަނޑުމެން އެބަ ކުރިމަތިލަން ފަނަރަ ސަތޭކައެއްހާ ގޮނޑިއަށް، އަޅުގަނޑަށް ޔަގީން އޭގެ ތެރެއިން ހާހެއްހާ ގޮނޑި އަޅުގަނޑުމެން ނަގާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

https://twitter.com/Simwarr/status/1380021430096519168

އެމްޑީޕީއިން ވަނީ މީގެ ކުރިން އޮންލައިން ކޮށް 'ރަށްވެހި ފަތިސް' ޖަލްސާ ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށް، އެކި ދުވަސްމަތިން ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޖަލްސާގައި އެމްޑީޕީއިން ކޮށްދެމުންދާ އަދި ކޮށްދޭން ނިންމާފައިވާ ކަންތައްތައް ރައްޔިތުންނާ ހިއްސާ ކޮށްފައިވެއެވެ.

މީގެ އިތުރުން މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ކުރުމުގެ ހަރަކާތްތަކެއް ވެސް އެމްޑީޕީއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ އެމްޑީޕީ ކެމްޕޭން “ރަށްވެހި ފަތިސް”  ލޯންޗް ކޮށްފައި ވަނީ ފެބްރުއަރީ 25 ވަނަ ދުވަހުގެ ރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް