ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް
ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިންނާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުالله ވާހީދާއި، އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުالله ސިރާޖުއާއި، ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި ހަވާލުކޮށްފައި ވަނީ 2021 ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.
މިގޮތުން މިމަސައްކަތް މިކުންފުންޏާއި ހަވާލުކުރުމަށް ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.
ދިއްދޫގައި ރިވެޓްމަންޓް ޖަހާނީ 185 މީޓަރުގެ ސަރަޙައްދެއްގައެވެ. އަދި 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން، ދިއްދޫ ބަނދަރު ބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައި ވެއެވެ.
މި މަޝްރޫޢުގެ އަގަކީ 69.87 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް