މި މަހުގެ 10 އަދި 13ގައި މާލެ ސަރަހައްދު ވެކްސިން ޖެހުން ނޯންނާނެ

މި މަހުގެ 10 ވާ ހޮނިހިރު ދުވަހާއި 13 ވާ އަންގާރަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ނޯންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މި މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކ...

08 Apr 2021 | 04:36

މި މަހުގެ 10 ވާ ހޮނިހިރު ދުވަހާއި 13 ވާ އަންގާރަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ނޯންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާ ދުވަހެވެ. އަދި 13 ވަނަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.

މިހާރު މާލެ ސަރަހައްދުގައި ވެކްސިން ގެ ފުރަތަމަ ޑޯޒް ދެމުންގެންދަނީ ފަސް ތަނަކުންނެވެ. އެއީ؛

  • ސޯޝަލް ސެންޓަރު
  • ނެޝަނަލް އާޓް ގެލަރީ
  • ސެނަހިޔާ
  • ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު

އެ ފަސް ތަނުގެ ތެރެއިން ވިލިމާލޭ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ތަނަކުން ވެސް ހެދުނު 10:00 އިން ހަވީރު 4:00އަށް ވެކްސިން ޖަހައިދޭނެ އެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުން ވެކްސިން ޖަހައިދޭނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މި ދެތާނގައި ވެސް ހެނދުނު10:00 އިން15:00 އަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 10 އަދި 13 ވަނަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ސެންޓަރުތައް ބަންދުވާތީ، ވެކްސިން ޖެހޭ މީހުން އޭގެ ކުރިން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް