ވިޔަފާރި އެހީގެ ނަމުގައި ލޯނެއް ތައާރަފްކޮށްފި

ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޯވިޑް-19 ވިޔަފާރި އެހީގެ ނަމުގައި އެސްޑީއެފްސީ އާއި ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ. އެސްޑީއެފްސީން ބުނީ މި ލޯނަކީ މިހ...

08 Apr 2020 | 16:36

ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޯވިޑް-19 ވިޔަފާރި އެހީގެ ނަމުގައި އެސްޑީއެފްސީ އާއި ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.

އެސްޑީއެފްސީން ބުނީ މި ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތައާރަފްކޮށްފައިވާ ލޯނެއް ކަމަށެވެ.

އެލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަ ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށެވެ.

އެލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނޭ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފަ އެވެ.

އެސްޑީއެފްސީން ބުނީ އަލަށް ތައާރަފްކުރެވުނު މިލޯނުން ކޯވިޑް-19 އާ ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން މިކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް