ކޯވިޑް-19: އަޅާފައިވާ ފިޔަވަޅުތަކާއެކު ރޯދަމަހުވެސް އުޅެންޖެހިދާނެ: މިނިސްޓަރު އަމީން

ކޯވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ރޯދަމަހުވެސް އުޅެން ޖެހިދާނެ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއ...

08 Apr 2020 | 13:26

ކޯވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ރޯދަމަހުވެސް އުޅެން ޖެހިދާނެ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި އަމީން ވިދާޅުވީ މި ވައިރަސް އާންމުންގެ ތެރޭގައި ފެތުރެން ފަށާނީ ކޮން އިރަކު ކަމެއް ނޭނގޭ ކަމަށާއި އެކަމަށް ތައްޔާރުވުމަށްޓަކައި މިހާރުއްސުރެ މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ސްކޫލްތަކާއި، ކޮލެޖް ޔުނިވާސިޓީތަކާއި އަދި ކެފޭ ރެސްޓޯރެންޓްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރަންޖެހިދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަން އަވަހަށް ނިމި ރާއްޖެ އާންމު ހާލަތަކަށް އެހާ އަވަހަށް އައިސްދާނެ ކަމަށް އަދި ވިސްނުން ރަނގަޅު ނޫން ކަމަށާއި ބަލި ފެތުރުން މިހާރު ކޮންޓްރޯލު ކޮށްފައި އޮތް ނަމަވެސް ހާލަތަށް ބަދަލު އައިސްދާނެ ކަމަށެވެ. އަދި އަންނަ ބަދަލާއެކު ކަންކަން ބަދަލުވުންވެސް އެކަށީގެންވާކަމަށެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ރާއްޖެއިން ވަނީ ދުރާލާ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް