މިނިސްޓްރީގެ ހުއްދަ ނެތި މިސްކިތްތައް ބަންދު ނުކުރެވޭނެ!

މިފަހަކަށް އައިސް އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި މިސްކިތްތައް ބަންދު ކުރާ ޝަކުވާ ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ ހުއްދަ ނެތި ރާއްޖޭގެ އެއްވެސް މިސްކިތެ...

08 Apr 2020 | 11:42

މިފަހަކަށް އައިސް އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި މިސްކިތްތައް ބަންދު ކުރާ ޝަކުވާ ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ހުއްދަ ނެތި ރާއްޖޭގެ އެއްވެސް މިސްކިތެއް ބަންދު ނުކުރެވޭނެ ކަމަށެވެ. އަދި އެކަން މީގެ ކުރިން އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިސްކިތްތަކަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމަށާޢި މިސްކިތު ގޯތިތެރޭގައި އިމާރާތެއް ބިނާ ކުރުމާއި މިސްކިތަށް ބަދަލެއް ގެނައުން ފަދަ އެއްވެސް ކަމެއް ކުރެވޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އާއި އެކުކަމަށް ބުނެފައިވެ އެވެ.

އިތުރަށް ބުނެފައިވަނީ މިސްކިތްތަކުގައި ބަހައްޓާ ފޮތްތަކާއި މައުލޫމާތު ފަތުރާ ލީފްލެޓުފަދަ ތަކެއްޗަކީވެސް މިނިސްޓްރީގެ ހުއްދަ އާއި ވަކި ތައްގަނޑެއް ޖެހުމަށް ފަހު ނޫނީ ނުބެހެއްޓޭނެ އެއްޗެހި ކަމަށެވެ.

މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތައް ބޭނުން ކުރަން ވާނީ ބަންގި ގޮވުމަށް އެކަނިކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެނޫން ބޭނުމަށް ސައުންޑް ސިސްޓަމް ބޭނުން ކުރާ ނަމަ ހުއްދަ ހޯދަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް