ށ. އަތޮޅުގައި ހިންގާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓުގެ މުދިމު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އޭނާ ގެއްލުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ރިސޯޓުގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލައިގެން ކަމަށް ބެލެވެ އެވެ. އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ ސީސީޓީވީ ކެމެރާ ފުޓޭޖުން ފެންނަ ގޮތުގައި އެމީހާ ފޯނެއްގައި ހުރެފަ މޫދަށް ފުންމާލަނީ އެވެ.
އެ ރިސޯޓުގެ މުދިމަކީ30 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.
އެމްއެންޑީއެފުން ބުނީ އެމީހާ ހޯދުމަށް މިހާތަނަށް ކަނޑުގެ ސާފޭސް އިން 48.5 މިލިއަން ސްކުއާ މީޓަރުގެ ސަރަހައްދެއްގެ ބަލާފައިވާ ކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޑައިވް ކޮށްގެން 150،000 ސްކުއާ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު މިހާތަނަށް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުންވެސް ދަނީ މި މައްސަލަ ހިނގާދިޔަ ގޮތް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް