ނަޝީދު ކުރިޔަށް ގެންދަން ބޭނުންފުޅުވާ މައްސަލައެއް ނެތުމުން ޖަލްސާ ހުއްޓާލައިފި!

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިޔަށް ގެންދަވަން ބޭނުންފުޅުވާ ކަމެއް އެޖެންޑާގައި ނެތުމުން ޖަލްސާ ކުއްލިއަކަށް ހުއްޓާލައިފި އެވެ. މިއަދުގެ ޖަލްސާގ...

08 Apr 2020 | 09:06

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިޔަށް ގެންދަވަން ބޭނުންފުޅުވާ ކަމެއް އެޖެންޑާގައި ނެތުމުން ޖަލްސާ ކުއްލިއަކަށް ހުއްޓާލައިފި އެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު2020 ގެ ފުރަތަމަ ކިޔުން އިއްވުމެވެ. މިއަދު ޖަލްސާގައި އެ ބިލާއި ގުޅޭގޮތުން މެންބަރުން ވާހަކަ ދެއްކެވުމަށް ފުރުސަތު ނުދެއްވާ ބިލާ ގުޅޭގޮތުން ނަޝީދުގެ ހިޔާލު ފާޅު ކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ހަސަން ލަތީފު ހުށަހެޅުއްވި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބިލު ހުށަހެޅުއްވި މެމްބަރަކީވެސް ގާނޫނީ ވަކީލެއް ކަމަށާއި ގާނޫނުއަސާސީ ޑްރާފްޓް ކުރުމާއި ގާނޫނުއަސާސީއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައިރު، އެ ކަންތައްތަކުގެ ތެރޭގައި އުޅުއްވި ބޭފުޅެއް ކަަމަށެވެ.

މިގޮތަށް ވާހަކަ ދައްކަވަމުން ޖެހުނު ސަބަބެއް ނޭނގުނެވެ. ނަޝީދުގެ ވާހަކަފުޅުން ދޭހަވިގޮތުގައި އެމަނިކުފާނު ހުންނެވީ ހަދާނެ ގޮތެއް ނޭނގި ހަތަރު އަނގޮޅި ކަންމަތީގައި އެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވިދާޅުވީ އެމަނިކުފާނު ކުރިޔަށް ގެންދަވަން ބޭނުންފުޅުވާ މައްސަލައެއް އެޖެންޑާގައި ނެތް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އިސްލާހުކުރުމާ މެދު އެމަނިކުފާނު ހުންނެވީ ވަކި ގޮތެއް ނިންމަވައިގެންނެއް ނޫނެވެ.

ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ މެދު އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުރި ބަހުސްގައި 57 މެމްބަރުން ވާހަކަ ދެއްކެވި އިރު އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވީ ވަރަށް މަދު މެމްބަރުން ކަމަށެވެ. އެހެން ކަމުން އިންތިހާބު ލަސްކުރުމަށް ޓަކައި ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން މެމްބަރުން އެދިވަޑައިގަންނަވާ ނަަމަ އެކަން އެގޮތަށް ކުރެއްވިދާނެ ކަމަށާއި ގާނޫނީ އެހެން ފަރުވާއެއް ހޯއްދަވަން އެދިވަޑައިގަންނަވާ ނަމަ އެކަން ވެސް އެގޮތަށް ކުރެއްވިދާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިޔަސް، ކައުންސިލް އިންތިހާބު ލަސްކުރަން ޖެހޭތީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ޑްރާފްޓް ކުރައްވައި، ސަރުކާރުގެ ފަރާތުން ހުށަހެޅި ސަންސެޓް ބިލުގެ މަސައްކަތް އެމަނިކުފާނު ކުރިއަކަށް ނުގެންދަވަން އުޅުއްވާތަން ދަނީ ފެންނަމުންނެވެ.

އެ ބިލް އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ޖަލްސާގެ އެެޖެންޑާގައި ހިމެނުއްވި ނަމަވެސް އެ ބިލުގެ ފުރަތަަމަ ކިއުން ކުރިއަކަށް ނުގެންދެ އެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލް މިއަދުގެ އެޖެންޑާގައި ނުވެސް ހިމަނަ އެވެ. އަދި ބިލް ހުށަހެޅި ދުވަހު ނަޝިދު ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނު ނުކުރާ ކަމަށެވެ. ރާއްޖޭގައި މިވަގުތު އިއުލާނުކޮށްފައި އޮތީ ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އިސްލާހު ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް