ކުޅުދުއްފުށީގައި ބިދޭސީއަކަށް ހަމަލާދީ ފޭރިގެންފި

ކުޅުދުއްފުށި ސިޓީގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީ، އޭނާގެ ވޮލެޓު ފޭރިގެންފި އެވެ. ފުލުހުންގެ ބުނީ ހަމަލާދީފައި ވަނީ އެރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. ބިދޭސީ މީހާ...

08 Apr 2020 | 08:15

ކުޅުދުއްފުށި ސިޓީގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީ، އޭނާގެ ވޮލެޓު ފޭރިގެންފި އެވެ.

ފުލުހުންގެ ބުނީ ހަމަލާދީފައި ވަނީ އެރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. ބިދޭސީ މީހާއަށް ހަމަލާދީފައި ރޭ 10:30 ހާއިރު އޭނާ މަގުމަތިން ހިނގާފައި ދަނިކޮށެވެ.

ހަމަލާ ދީފައިވަނީ ސައިކަލެއްގައި ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން އެމަގުން ދިޔަ ދެ މީހެކެވެ. އެ ދެ މީހުން ސައިކަލުގައި ގޮސް ބިދޭސީ މީހާގެ ގައިގައި ދަނޑިބުރިއަކުން ޖަހާ މާރާމާރީ ހިންގުމަށްފަހު ވޮލެޓު ވަނީ ފޭރިގަނެގެން ވަނީ ފިލާފައި އެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ ސަބަބުން ބިދޭސީ މީހާގެ ވައަތު ބުމަ މަތިން އެއް އިންޗި ހުންނަ ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކަނާއަތު ބުމައާ ދިމާލަށް ވެސް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް