ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި، ހައްޔަރުކޮށްފައި ހުރި، ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބްރެޒިލްގެ ރޮނާލްޑީނިއޯ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވި މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅު އެވެ. 2018 ވަނަ އަހަރުން ފެށިގެން ރޮނާލްޑީނިއޯގެ ސައްހަ ޕާސްޕޯޓް އޮންނަނީ ބްރެޒިލްގެ އިމިގްރޭޝަނުން ހިފަހައްޓާފައި އެވެ. ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާއާއި ގުޅޭ ގޮތުން ބެލި މައްސަލައެއްގައި ދައްކަން ޖެހުނު ޖޫރިމަނާއެއް ނުދައްކާ އޮތުމުގެ ސަބަބުންނެވެ.
ރޮނާލްޑީނިއޯ ގޭ ބަންދުގެ މުއްދަތުގައި ހުންނާނީ ޕެރަގުއޭގެ ހޮޓަލެއްގަ އެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ 32 ދުވަހު ޖަލުގައި ބަހައްޓާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް