ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަ ވުމުގެ ހިތާމައިގަ ކަސްޓަމްސްގެ މައި އިދާރާ މިއަދު ބަންދުކޮށްފި އެވެ.
އެ އޮފީހުން ބުނީ ކަސްޓަމްސްގެ ވެރިޔާ އަވަހާރަވުމުގެ ހިތާމައިގަ ބައިވެރިވުމަށް މިއަދު އެ އޮފީހުގެ މައި އިދާރާ ބަންދުވާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހު ކަސްޓަމްސްގެ ދިދަ ބައި ދަނޑިއަށް ތިރި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކަސްޓަމްސްގެ ވެރިއަކަށް ނުއުމާން އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން11 ޑިސެމްބަރު2018 ގައި އެވެ.
އޭނާ އެ މަގާމަށް ހައްޔަން ކުރައްވާފައިވަނީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ. ނުއުމާން އަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެއްވެސް މެއެވެ.
https://twitter.com/CustomsMv/status/1247652983199813634
ނުއުމާން އަވަހާރަވީ، ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކަށް އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަވަހާރަވީ އެކަމަށް ފަރުވާ ކުރެއްވުމަށް އިންޑިއާއަށް ވަޑައިގެން އުޅުއްވާތާ ހަ މަހެއްހާދުވަސް ފަހުން އިއްޔެ އެވެ.
އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އެ ތަންތަނުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް