ކޯވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ރޭ ބޭއްވި ފްލައިޓުގައި 200 ދިވެހިން ރާއްޖެ ގެނެސް ކަރަންޓީންކޮށްފި އެވެ.
މޯލްޑިވިއަންގެ ފްލައިޓުގައި މި މީހުން ރާއްޖެ ގެނެސްފައި ވަނީ ރޭ ފަތިހު، 4:20 ހާއިރެވެ. ސަރުކާރުން ގާއިމުކޮށްފައިވާ އެކި ކަރަންޓީނު ފެސިލިޓީގައި މި މީހުން މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.
މެލޭޝިއާއަކީ މޯލްޑިވިއަނުން ދަތުރު ކުރާ މަންޒިލެއް ނޫން ކަމުން މި ދަނޑިވަޅުގައި އެމީހުން ގެންނަން އެ ގައުމުތަކުގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރަނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. މެލޭޝިއާއަށް ކުރި މި ދަތުރުގައި މޯލްޑިވިއަންއިން ވަނީ ރާއްޖޭގައި ތިބި31 މެލޭޝިއާ ރައްޔިތުން އެ ގައުމަށް ގެންގޮސްފައި އެވެ.
އަދި ދިވެހި އާއިލާތަކަށް ރާއްޖެ އިން ފޮނުވި ހަތް ޓަނުގެ ކާގޯވެސް ގެންދިޔަ އެވެ.
މޯލްޑިވިއަނުން ވަނީ ލަންކާގައި ނާދެވިފައި ތިބި 100 ދިވެއްސަކު ވެސް ރާއްޖެ ގެނެސްފަ އެވެ. އަދި މިމަހުގެ 11 ވަނަދުވަހު އިންޑިއާގައި ދިރިއުޅޭ ދިވެހިން ގެނައުމަށް ޓްރިވެންޑްރަމް އަށް ދަތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް