ކޯވިޑް-19: އިއްޔެ އެކަނި ވެސް އެމެރެކާއިން 1000 އަށްވުރެ ގިނަ މަރު!

ކޮރޯނާވައިރަސް (ކޯވިޑް-19) ޖެހިގެން އިއްޔެ އެކަނި ވެސް އެމެރިކާއިން 1،000 އަށްވުރެ ގިނަ މީހުންގެ މަރު ރިޕޯޓުކޮށްފި އެވެ. އެ ގައުމުގެ ނޫސްތައް ބުނާގޮތުން އިއްޔެ އެ ގައުމުން 1،738 މީހުން ކޯވިޑް-19 ޖެހިގ...

08 Apr 2020 | 07:09

ކޮރޯނާވައިރަސް (ކޯވިޑް-19) ޖެހިގެން އިއްޔެ އެކަނި ވެސް އެމެރިކާއިން 1،000 އަށްވުރެ ގިނަ މީހުންގެ މަރު ރިޕޯޓުކޮށްފި އެވެ.

އެ ގައުމުގެ ނޫސްތައް ބުނާގޮތުން އިއްޔެ އެ ގައުމުން 1،738 މީހުން ކޯވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ.

މި ހަފްތާ ފެށުނުއިރު ވެސް އެމެރިކާގެ އޮފިޝަލުން ވަނީ މި ހަފްތާ ވެގެންދާނީ ކޯވިޑް-19 ބަލިމަޑުކަމުން އެ ގައުމަށް އެންމެ ބޮޑު އަސަރެއް ކުރާނެ ހަފްތާއަށް ވާނެ ކަމަށް ބުނެފަ އެވެ.

ކޯވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 12،000 އަށް ވުރެ މައްޗަށް އަރާފަ އެވެ. ކޮރޯނާ ވައިރަހުގެ އަސަރު އެމެރިކާ އިން އެންމެ ބޮޑަށް ކޮށްފައިވާ، ނިއުޔޯކް ސިޓީގައި 24 ގަޑިއިރު ތެރޭގައި 800 އަށް ވުރެ ގިނަ މީހުން ވަނީ މަރުރުވެފަ އެވެ. ނިއުޔޯކް އިން އެކަނި ވަނީ 4،000 އަށް ވުރެ ގިނަ މީހުން ވައިރަހުގެ ސަބަބުން މަރުވެފައިވެ އެވެ.

މުޅިދުނިޔެއިން ކޯވިޑް-19 އަށް 1282931 މީހުން ޕޮޒިޓިވް ވެފައިވާއިރު އެމެރިކާއިން އެކަނި ވެސް 398،809 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް