މިހާރު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަސް ދަތުރުގެ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިހާރު ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ކާފިއު ގަޑި ވަނީ ކަނޑައަޅާފައެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ރޭ ކުރި ޓުވީޓެއްގައި ވަނީ ބަސްދަތުރުތަކުގެ ބަދަލުތައް ގެނައިކަމަށް ބުނެފައެވެ. އަދި އެގޮތަށް ބަދަލު ގެނައީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެންކަމަށްވެސް ބުންޏެވެ.
ކާފިއު އިއުލާން ކުރުމުގެ ކުރިން ވެސް ވަނީ ބަސް ދަތުރުތަކަށް ބަދަލު ގެނެސްފައެވެ. އޭރު ހަވީރު ހަތަރަކަށް އެންމެ ފަހުގެ ބަސްތައް ދަތުރުކުރިއިރު ރޭގަނޑު 11 ޖަހަންދެން ހިދުމަތް ދިނެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު ދެން ބަހުގެ ހިދުމަތް ދޭނީ މެންދުރު 15:45 ވަން ދެނެވެ. އަދި ރޭގަނޑު 10 ޖަހަންދެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް