ކޯވިޑް-19: ވޫހާން ސިޓީގެ ފުރަބަންދު އުވާލައިފި

ކޯވިޑް-19 ނުވަނަ ނޮވެލް ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ހުބެއި ޕްރޮވީންސްގެ ވޫހާން ސިޓީގެ ފުރަބަންދު އުވާލައިފިއެވެ. މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނި މިހާރު މުޅި ދުނިޔެއަށް ފެތުރ...

08 Apr 2020 | 04:03

ކޯވިޑް-19 ނުވަނަ ނޮވެލް ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ހުބެއި ޕްރޮވީންސްގެ ވޫހާން ސިޓީގެ ފުރަބަންދު އުވާލައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނި މިހާރު މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޯވިޑް-19، ޗައިނާގައި ފެތުރެން ފެށުމާއެކު މި ވައިރަސް ކޮންޓްރޯލު ކުރުމަށް ޗައިނާއިން ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅިއެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާއިން މިހާރު ވަނީ މި ވައިރަސް ކޮންޓްރޯލު ކޮށްފައެވެ. ވޫހާންގެ ފުރަބަންދު އުވާލުމަކީ މިކަމުގެ ހެއްކެކެވެ.

ޗައިނާއިން މި ވައިރަސް ކޮންޓްރޯލު ކޮށްފައިވީނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވައިރަސް އަންނަނީ ހަލުވި ސްޕީޑެއްގައި ފެތުރެމުންނެވެ. މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަނީ އެމެރިކާގައެވެ. ދެން ފްރާންސާއި އިޓަލީގައެވެ.

ޗައިނާގެ 81 ހާސް މީހަކަށް މި ވައިރަސް ޖެހި ތިން ހާހަށްވުރެ ގިނަ މީހުން މި ވައިރަހުގައި މަރުވެފައިވެއެވެ. އެމެރިކާގައި މިހާރު މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ މަތިވެފައިވާއިރު މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 12 ހާހަށްވުރެ މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް