ކޯވިޑް-19: ރުޅި ގަދަވެ، ޓްރަމްޕްގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް

ކޯވިޑް-19، ނުވަތަ ކޮރޯނާ ވައިރަސް މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަ ގައުމަކީ އެމެރިކާ ކަމުގައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފެއިލްވެފައިވާކަމަށްބުނެ އެ ޖަމިއްޔާއަށް އެމެރިކާގެ ރައީސް ޑޮނާލްޑް...

08 Apr 2020 | 03:47

ކޯވިޑް-19، ނުވަތަ ކޮރޯނާ ވައިރަސް މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަ ގައުމަކީ އެމެރިކާ ކަމުގައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފެއިލްވެފައިވާކަމަށްބުނެ އެ ޖަމިއްޔާއަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރު ދީފިއެވެ.

އެގޮތުން ޓްރަމްޕު ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޯވިޑް-19 ގެ ކަންތަކުގައި ޗައިނާ އާއި މާބޮޑަށް އެއްކޮޅުވެފައިވާކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރަނީ ވަރަށް "ދަށް ފެންވަރެއްގެ" މަސައްކަތެއް ކަމަށެވެ.

އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ދެމުން އަންނަ އެހީތެރިކަން ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ދިނެވެ. އެމެރިކާއަކީ ނިސްބަތުން ބަލާނަމަ އެ ޖަމިއްޔާއަށް އެންމެ ގިނަ އެހީވާ ގައުމެވެ.

އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ ހަތަރު ލައްކައަށްވުރެ މައްޗަށް ގޮސްފައެވެ. މަރުވި މީހުންގެ އަދަދު އުޅެނީ 12 ހާހަށްވުރެ މަތީގައެވެ. އިއްޔެ އެކަނި 700 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް