މާސްކް އިންޑިއާ: އަމިއްލަ ފަރުދުން މާސްކު ބޭނުން ކުރަން ގޮވާލައި އިންޑިއާގައި ބޮޑު ބިޔަ ކެމްޕޭނެއް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނައިރު "މާސްކް އިންޑިއާ" ގެ ނަމުގައި ޓައިމްސް އޮފް އިންޑިއާ މީޑިއާ ގްރޫޕުން ބޮޑު ބިޔަ ކެމްޕޭނެއް ފަށައިފިއެވެ. އިންޑިއާގެ ބޮޑ...

08 Apr 2020 | 02:19

ކޯވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނައިރު "މާސްކް އިންޑިއާ" ގެ ނަމުގައި ޓައިމްސް އޮފް އިންޑިއާ މީޑިއާ ގްރޫޕުން ބޮޑު ބިޔަ ކެމްޕޭނެއް ފަށައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ މި ކެމްޕޭނު ބަލައިގަނެ މި ކެމްޕޭނަށް ތައުރީފު ކޮށްފައެވެ.

މި ކެމްޕޭނުގައި ޓައިމްސް އޮފް އިންޑިއާ އިން ބާރު އަޅަނީ ގޭގައި އަމިއްލައަށް މާސްކު ތައްޔާރު ކުރުމަށެވެ. އެގޮތުން ތިން ލޭޔަރެއް ލައިގެން އަމިއްލައަށް މާސްކު ފެހުމަށް ބާރު އަޅައެވެ. އަދި އަމިއްލައަށް ތައްޔާރުކުރާ މާސްކާއެކު ސެލްފީއެއް ނަގައި މި ކެމްޕޭނުގެ ހޭޝްޓެގާއެކު ސޯޝަލް މީޑިއާއަށް ސެލްފީ/ފޮޓޯ/އަދި ވީޑިއޯ ދޫކޮށް މި ކެމްޕޭނު އިތުރަށް ފުޅާ ކުރުމަށް ޓައިމްސް އޮފް އިންޑިއާއިން ބާރު އަޅައެވެ.

[contentcards url="https://timesofindia.indiatimes.com/maskindia" target="_blank"]

ސިއްހަތު ރަނގަޅަށް ތިބޭ މީހުން މާސްކު އެޅުމާއިމެދު ސިއްހީ މާހިރުންގެމެދުގައި ހިޔާލު ތަފާތުވުމެއް އޮތް ނަމަވެސް މިކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދެކޭގޮތް އަދިވެސް ސާފެވެ.

ކޯވިޑް-19 އާއި ގުޅުންހުރި ކަންކަމުގައި މާސްކު އެޅުމުގެ ގައިޑްލައިނަށް މިދިޔަ ހޯމަ ދުވަހު ގެނައި ބަދަލުގައިވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ މެޑިކަލް މާސްކު އަޅަންވާނީ ވަކި ބައެއް ކަމަށެވެ. ހެލްތު ކެއަރ ވޯކަރުން ކަމަށެވެ. ކޯވިޑް-19 ޖެހިފައިވާ މީހުންގެ ކައިރީގައި އުޅޭ މީހުން ކަމަށެވެ.

މިކަމުގައި ރާއްޖެއިންވެސް ތަބާވަމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިނަށް ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް