ބީލަން ރަޖިސްޓްރީ ފީ ބަލައިގަންނާނެ ވަގުތުތަކެއް ފިނޭންސުން ކަނޑައަޅައިފި

ބީލަން ތަކަށް ރަޖިސްޓްރީވުމަށް ދައްކަވަންޖެހޭ ފީ ބަލައިގަންނާނެ ވަގުތުތަކެއް ކަނޑައަޅައި އެކަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. އެގޮތުން މިއަދު ކޮށްފައިވާ އެ އިއުލާނުގައި ބުނެފައިވަނީ ދުނިޔޭ...

08 Apr 2020 | 01:45

ބީލަން ތަކަށް ރަޖިސްޓްރީވުމަށް ދައްކަވަންޖެހޭ ފީ ބަލައިގަންނާނެ ވަގުތުތަކެއް ކަނޑައަޅައި އެކަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެގޮތުން މިއަދު ކޮށްފައިވާ އެ އިއުލާނުގައި ބުނެފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ފެތުރުން ކޮންޓްރޯލް ކުރުމަށް،  ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ހުންނަ މުއްދަތުގެ ތެރޭގައި މިމިނިސްޓްރީއިން ކުރިއަށް ގެންދާ ބީލަންތަކަށް، ރަޖިސްޓަރީވުމަށް ދައްކަވަން ޖެހޭ ފީ  ބަލައިގަތުމުގެ އިންތިޒާމު ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް ހަމަޖައްސާފައިވާ ކަން  ޢާންމުކޮށް އަންގާ އިޢުލާނުކުރާކަމަށެވެ.

މިކަމަށް ވަކި ގަޑިތަކެއް ކަނޑައަޅައި އިއުލާނުކޮށްފައިވާއިރު ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސަރުކާރާއި ސްކޫލުތައް ބަންދުކޮށްފައިވާއިރު ކޮންމެ ދުވަހަކު ތިން ގަޑިއިރަށް މާލޭގައި ކާފިއު ހިންގައެވެ. ތިން މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. ޕާކުތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް