ކޯވިޑް-19: ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވި 4 ވަނަ ގައުމަކަށް ފްރާންސް

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ކާރިސާކަމުގައިވާ ކޯވިޑް-19 ޖެހިގެން 10 ހާހަށްވުރެ ގިނަ މީހުން މަރުވި 4 ވަނަ ގައުމަކަށް ފްރާންސް ވެއްޖެއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިނ...

07 Apr 2020 | 21:05

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ކާރިސާކަމުގައިވާ ކޯވިޑް-19 ޖެހިގެން 10 ހާހަށްވުރެ ގިނަ މީހުން މަރުވި 4 ވަނަ ގައުމަކަށް ފްރާންސް ވެއްޖެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު މި ބަލިމަޑުކަން މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މި ބަލީގައި 10 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ގައުމުތަކަކީ އިޓަލީ، ސްޕެއިން، އެމެރިކާ އަދި ފްރާންސް އެވެ.

ކޯވިޑް 19 އަށް މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާއިން އިއްޔެ ވަނީ އިތުރު 731 މީހުން މަރުވެފައެވެ. އެ ގައުމުން މިހާތަނަށް 3 ލައްކައަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

އަނެއްކޮޅުން ސްޕެއިންގެ ހާލާތު ފާއިތުވި ދުވަސްތަކުގައި ވަރަށް ގޯސްކޮށް އުޅުމަށްފަހު، އިއްޔެ އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެ ގައުމުން މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ 743 އަށް ވެއްޓިފައެވެ. މިއީ ފާއިތުވި 5 ދުވަހުގެ ރެކޯޑްތަކަށް ބަލާއިރު، ކޯވިޑް 19 ގައި އެ ގައުމުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

ކޯވިޑް 19 އާ ގުޅިގެން ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ޖަޕާނުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. އަނެއްކޮޅުން ސިންގަޕޫރުން ވަނީ ބައެއް ހިސާބުތައް ލޮކްޑައުން ކޮށްފައެވެ.

ކޯވިޑް 19 އަށް މިހާތަނަށް 1282931 މީހުން ފައްސިވެ، 72776 މީހުން މަރުވެފައިވާކަމަށް ޑަބްލިޔުއެޗްއޯ ގެ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް