އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޤާސިމް އިބްރާހިމް ހުރިހާ އަންހެނުންނަށް ތަހުނިޔާ ފޮނުވައިފި

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ތަހުނިޔާ ފޮނުވައިފިއެވެ. އަންހެނުންނަކީ އިޖްމތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން އަދި ސިޔާސީ...

08 Mar 2021 | 18:44

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ތަހުނިޔާ ފޮނުވައިފިއެވެ.

އަންހެނުންނަކީ އިޖްމތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން އަދި ސިޔާސީގޮތުން ފުއްދުންތެރި ބަޔަކަށް ވުމަކީ ޖުމްހޫރީ ޕާޓީގެ އަސާސެއް ކަމަށް މި ތަހުނިޔާގެ މެސެޖް ގައި ވެއެވެ. އަދި ޕާޓީގެ ތަޞައްވުރަކީ އަންހެނުންނަށް ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

މުޖުމަތައު ބިނާކުރާ މޭސްތިރިންނަކީ އަންހެނުންނަށް ވީ ހިނދު، އިޖްމތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން އަދި ސިޔާސީގޮތުން ހަމަހަމަ ކަމާއެކު ބައިވެރިވެ އުޅެވޭނެ މާހައުލެއް ޤާއިމުކުރަން ނުހަނު އެދޭކަމަށް ޖުމްހޫރީ ޕާޓީއިން ބުނެއެވެ.

މިއަދުގެ ދުނިޔޭގައި އަންހެނުންނަށް ދިމާވާ ގޮންޖެހުން ތަކަށް ރިޢާޔަތްކޮށް، ނަފްސާނީ ދުޅަހެޔޮކަމާއި އިންސާނީ ވަޞީލަތްތަކާއި، ސިއްޙީ ހޭލުންތެރިކަން އިތުރު ކުރުމަށް ބާރު އެޅުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ޖުމްހޫރީ ޕާޓީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް