ރާއްޖެއިން އިތުރު 125 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 103 މީހުންނެވެ. ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ 13 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން ޕޮސިޓިވްވި ނުވަ މީހުންނެވެ.
ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،644 ސާމްޕަލެވެ.
މިވަގުތު ކޯވިޑް ޖެހިގެން 2،595 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 179 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 18،253 މީހުން ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގަިއ މަރުވެފައިވަނީ 64 މީހުންނެވެ.
މިހާތަަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 20،919 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް