ހުޅުމާލޭގައި އިތުރު 2،000 ފްލެޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާއި އެވެ. މިއީ ސޯޝަލް ހައުސިން ޔުނިޓުތަކެކެވެ.
މި އެއްބަސްވުމުގައި ފަހި ދިރިއުޅުންގެ ފަރާޓުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރެވެ. ޖޭއެމްސީން ސޮއިކުރެއްވީ ކައްރީ ސުދައްކަރާ ރެޑީ އެވެ.
ފަހި ދިރިއުޅުން ކުންފުނިން ބުނީ މި މަޝްރޫއުގައި ހިމެނޭނީ 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 600 އެޕާޓްމެންޓްކަމަށެވެ. ދެން ހިމެނޭނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 އެޕާޓްމެންޓެވެ.
މި ފްލެޓުތައް ނިންމަން ހަވާލުކޮށްފައިވަނީ ތިން އަހަރު ތެރޭގައި އެވެ.
މި މަޝްރޫއުއަށް 137 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މި މަޝްރޫއުއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނެއް ނަގާފައި އެވެ.
މީގެކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން 2،000 ހައުސިން އަޅަން ނިންމައިފަ އެވެ. ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް