އަންހެން މުވައްޒަފުންނަށް އެޗްޑީސީގެ ހަދިޔާ ތަފާތު، ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް

މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ހަދިޔާގެ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭން ހަމަޖައްސައިފި އެވެ. "ކަނބަ...

08 Mar 2021 | 12:48

މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ހަދިޔާގެ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭން ހަމަޖައްސައިފި އެވެ.

"ކަނބަލުންގެ ޗުއްޓީ" ގެ ނަމުގައި ކޮންމެ މަހަކު އެއް ދުވަސް ޗުއްޓީގެ ގޮތުގައި ދެނީ މެޑިކަލް ލީވްގެ ގޮތުގައި އެވެ. މިއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުގެ އިސް ނެންގެވުމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

މިގެނައި ބަދަލާއި އެކު މިމަހުން ފެށިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު ބޭނުން ކޮންމެވެސް އެއްދުވަހަކު ޗުއްޓީ ނެގޭނެ އެވެ. އެ ކުންފުނީގައި 166 އަންހެން މުވައްޒަފުން މަސައްކަތް ކުރެ އެވެ.

އެޗްޑީސީން ބުނީ މި ފަދަ ނިންމުމެއް ނިންމީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިވައިގެން އެކުންފުނިން ހާއްސަ ކަމެއް ފެށުމުގެ ގޮތުން ކަމަށެވެ. އަންހެނުންގެ ދުވަހާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށް އެޗްޑީސީން ވަނީ އިސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަނާ ގުޅިގެން އޮންލައިންކޮށް ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

https://twitter.com/hdcmaldives/status/1368869802958196740

އެޗްޑީސީގެ މި ނިންމުމާއި އެކު އެ ކުންފުނި ވެގެން ގޮސްފައިވަނީ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކޮންމެ މަހަކު ހާއްސަ މެޑިކަލް ލީވްއެއް ދޭން ނިންމި ރާއްޖޭގެ ފުރަތަމަ ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް