ގުޅުމެއް ގިނަ ދުވަހަށް ދެމި އޮތުމުގެ ސިއްރަކީ ކޮބާ؟

ކުރިމަގުގައި ނުވަތަ ކުރިއަށް އޮތް ފަސް އަހަރުގައި ތިމާގެ މުސްތަގުބަލު ފެންނަނީ ކިހިނެތް ހެއްޔެވެ؟ މިއީ އާއްމުގޮތެއްގައި މަތީ ވަޒީފާއެއްގެ އިންޓަވިއުގައި ކުރާނެ ސުވާލެކެވެ. ނަމަވެސް މިއީ ތިބާގެ ބައިވެރ...

08 Mar 2021 | 09:14

ކުރިމަގުގައި ނުވަތަ ކުރިއަށް އޮތް ފަސް އަހަރުގައި ތިމާގެ މުސްތަގުބަލު ފެންނަނީ ކިހިނެތް ހެއްޔެވެ؟

މިއީ އާއްމުގޮތެއްގައި މަތީ ވަޒީފާއެއްގެ އިންޓަވިއުގައި ކުރާނެ ސުވާލެކެވެ. ނަމަވެސް މިއީ ތިބާގެ ބައިވެރިޔާއާ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ތިބާ އަމިއްލައަށް ކޮށްލަން ރަނގަޅު ސުވާލެކެވެ.

ތިބާ ވާހަކަ ދައްކާ މީހުންނާއި ރައްޓެހިވެ އިންނަ މީހުން އަދި ވަރިވާ މީހުން ކަނޑައަޅާނީ ތިބާއެވެ. ތިބާގެ ދިރިއުޅުމގެ ހުންގާނުގައި ހުންނަ މީހަކީ ތިބާއެވެ.

ބައެއް ފަހަރު މީހުންނަށް ނަގަންވީ ފިޔަވަޅެއް ނޭނގޭތަން އާދެއެވެ. ގުޅުމާއިގެން ކުރިއަށް ދާން ވީ ތޯ ނުވަތަ އެ ގުޅުން ނިންމާލަން ވީ ތޯ ސުވާލު އުފެދެއެވެ.

އެފަދަ ތަނޑިވަޅެއްގައި ފާހަގަކޮށްލަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރެއެވެ. ތިބާ މައްސަލައެއް ކަމަށް ބަލަނީ ކޮން ކަމެއް ހެއްޔެވެ؟

ގުޅުމެއް ނިންމާލަން ނުވަތަ ކުރިއަށް ގެންދަން ކަނޑައެޅި ކަމަށް ވިޔަސް، އެކަމުގައި ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. ސައިކޮލޮޖީ ރިސަރޗަރ ސަމަންތާ ޖޮއިލް، ޖިއޮފް މެކްޑޮނަލްޑް އަދި އެލިޒަބަތް ވަނީ400 އަށްވުރެ ގިނަ މީހުންނާ މިކަމުގައި ސުވާލުކޮށްފައެވެ. " ރޮމޭންޓިކް ބައިވެރއަކާ އެކު އުޅެން ނުވަތަ އެފަދަ ބައިވެރިއެއް ދޫކޮށްލާއިރު ވިސްނަނީ ކޮން ކަންތަކަކަށް ހެއްޔެވެ؟"

އެ އެންމެންވެސް ފާހަގަކުރާ އެއްގޮތް 50 ކަމެއް ވެއެވެ. އޭގެ ތެރެއިން، ގުޅުމެއްގައި ދެމި ހުންނަ ސަބަބަކަށް އެމީހުން ބުނަނީ ބައިވެރިޔާގެ ފަރާތުން ސަމާލުކަން ލިބުމާއި، އާއިލާއާއި ރައްޓެހިންނާ ރަނގަޅު ގުޅުން ބޭއްވުމުގެ އިތުރުން ކަންކަމުގައި ހިތްވަރު ދިނުމެވެ.

މީގެ އިތުރުން އެކުގައި ރަނގަޅު ވަގުތުތަކެއް ހޭދަކުރުމާއި ބައިވެރިޔާގެ މިޒާޖަކީވެސް، އެކުގައި ގިނަ ދުވަސްތަކެއް އުޅެވޭނެ ސަބަބެއް ކަމަށް މީހުން ދެެކެއެވެ.

އެކުގައި ގިނަ ދުވަހު ނޫޅެވޭ ސަބަބު ތަކުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ، ބައިވެރިޔާގެ މައްސަލަ ބޮޑު މިޒާޖާއި، އިތުބާރު ނުކުރުމާއި އަދި ދެމީހުންގެ ދެމެދުގައި އޮންނަ ގާތްކަން ދުރުވުމެވެ. މީގެ އިތުރުން ބޭވަފާތެރި ވުމާއި ކަންކަމުގައި ހިތްވަރު ނުދިނުމުގެ އިތުރުން އާއިލާއާއި ގާތް ރައްޓެހިންނާ ރަނގަޅު ގުޅުމެއް ނުބާއްވާ ކަމީ ވެސް ބައެއް މީހުން ފާހަގަ ކުރާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް