މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ކާށިދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކާށިދޫގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރ...

08 Mar 2021 | 08:36

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކާށިދޫގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީކުރަން ފަށައިފިއެވެ.

އެ ދެ އޮޕަރޭޝަނުގެ ތެރެއިން މިއަދު ހިންގި މަސްތުވާތަކެތީގެ އޮަޕަރޭޝަނަކީ ކާށިދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 28 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑުރަބަރު ޕެކެޓަކާއި، ކުޑަ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މާރިޗު މަހުގެ 7 ވަނަ ދުވަހުގެ ރޭ  ކާށިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ކާށިދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 22 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް