ޖޫރިމަނާގެ ހައްލަކީ ލައިސަންސް ނެތި އުޅަނދު ނުދުއްވުން: ރައީސް

ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުން ޖޫރިމަނާ ކުރުމުގެ މައްސަލަ ހައްލުވާނީ ލައިސަންސް ނެތި އުޅަނދު ފަހަރު ނުދުއްވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު...

08 Mar 2021 | 08:35

ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުން ޖޫރިމަނާ ކުރުމުގެ މައްސަލަ ހައްލުވާނީ ލައިސަންސް ނެތި އުޅަނދު ފަހަރު ނުދުއްވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން "ޜަށްވެހި ފަތިސް" ގެ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ރޭ މާލޭ ސިޓީ ކެންޑިޑޭޓުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މިހެން ވިދާޅުވެފައި މިވަނީ ލައިސަންސް ނަގަން ފުރުސަތު ނުދީ ޖޫރިމަނާ ކުރާ ކަމަށް ބުނެ އިއްޔެ ބަޔަކު ޓްރާންސްޕޯޓު އޮތޯރިޓި ތެރޭ މުޒާހަރާކޮށްފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލައިސެންސް ޖޫރިމަނާތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ލައިސަންސް ނެތި 18 އަހަރުން ދަށުގެ ކުދިން ސައިކަލް ނުދުއްވުމަށް ބެލެނިވެރިންވެސް ނަސޭހަތްތެރިވެ ބާރު އަޅަން ޖެހޭ ކަމަށެވެ.

ޖޫރިމަނާ ކުރުމުގެ މައްސަލަ ހަލު ކުރުމާއި ގުޅޭގޮތުން ރޭގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެފަދަ ޖޫރިމަނާތައް ދައުލަތުން މައާފު ކޮށްދިނުމުގައި އަމަލު ކުރާނެ އުސޫލުތަކެއް ހެދުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. އެގޮތުން ދައުލަތުން ޖޫރިމަނާއެއް މައާފުކޮށްދޭ ކޮންމެ ފަހަރަކު ކޮމިއުނިޓީ ހިދުމަތެއް ކުރަން ޖެހޭ ގޮތަށް ބަދަލު ކުރުމަށް އެމަނިކުފާނު ހުށައެޅުއްވިއެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެކަމަށް ރައީސް ސޯލިހް އެއްވެސް އެއްޗެއް ވިދާޅެއްނުވިއެވެ. އަދި ތާއީދު ކުރައްވާ ކަމެއްވެސް އިޝާރާތެއް ނުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް