އަންހެނުންނަށް އެންމެ މުހިންމީ ވިޓަމިން "ސީ" ކަން އެނގޭތަ

ވިޓަމިން ސީ އަކީ ހަށިގަނޑަށް ނުހަނު ބޭނުންތެރި އެއް ބާވަތްކަން އެންމެންވެސް ޤަބުލުކުރާނެކަން ޔަޤީނެވެ. އެގޮތުން ވިޓަމިން ސީ އިން ލިބޭ އެންމެ މުހިންމު ފައިދާއަކީ އިމިޔުނިޓީ ބޫސްޓް ކުރުމެވެ. އިންސާނާގެ ...

08 Mar 2021 | 08:32

ވިޓަމިން ސީ އަކީ ހަށިގަނޑަށް ނުހަނު ބޭނުންތެރި އެއް ބާވަތްކަން އެންމެންވެސް ޤަބުލުކުރާނެކަން ޔަޤީނެވެ. އެގޮތުން ވިޓަމިން ސީ އިން ލިބޭ އެންމެ މުހިންމު ފައިދާއަކީ އިމިޔުނިޓީ ބޫސްޓް ކުރުމެވެ. އިންސާނާގެ ދިފާއީ ނިޒާމުގެ ބާރުގަދަކޮށްދޭ އެއް ބާވަތަކީ ވިޓަމިން ސީ އެވެ. އަންހެނުންނަކީ ވަރަށް ތަފާތު ރަހަތައް ތަޖުރިބާކުރުމަށް ބޭނުންވާ ބައެއްކަމުން މިއީ އެންމެ މުހިންމު އެއްބާވަތޭ ނުބުނެ ވާކަށް ނެތެއް ނޫންހެއްޔެވެ.

މާބަނޑު އަންހެނުންނަށް

އަންހެނުން މާބަނޑު ދުވަސްވަރަކީ އެމީހުންގެ ހަށިގަނޑަށް އަދި ބަނޑުގައިވާ ދަރިފުޅަށްވެސް ފައިދާހުރި ކާނާ އެންމެ ބޭނުންވާ ދުވަސްވަރެވެ. މާބަނޑު އަންހެނުންގެ ވިޓަމިން ސީ ހުންނަ މިންވަރު ވަރަށްބޮޑަށް ދަށްވެއެވެ. އެހެންކަމުން މި ދުވަސްވަރަކީ އާންމުކޮށް ބޭނުންވާ މިންވަރަށް ވުރެންވެސް އިތުރަށް މި މާއްދާ އަންހެނުންގެ ހަށިގަނޑަށް ބޭނުންވާ ދުވަސްވަރެކެވެ.

ހިތްހަމަ ޖެހުން ލިއްބައިދޭ

މާބޮޑަށް ނުތަނަސްވުމަކީ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯންސްތަކަށް ވަރަށް ބޮޑު ބަދަލެއް ގެނުވައިދޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކޮންމެ މަހަކު އެމީހުންނަށް ދިމާވާ މައްސަރުކަންތަކަށް ބަދަލުގެނުވައި އަދި ދަރިމައިވުމަށްވެސް އެކަމުން އަސަރުކުރާކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ގަވައިދުން ވިޓަމިންސީ ބޭނުންކުރާމަނަ އެފަދަ ބޭކާރު ހޯމޯންސްތައް ހަށިގަނޑުން ބޭރުކޮށްދެއެވެ.

ދަނގަޑު އުފައްދައިދޭ މިންވަރު އިތުރުކޮށްދޭ

ދިރާސާތަކުން ދައްކާގޮތުގައި ވިޓަމިންސީ ގަވައިދުން ބޭނުންކުރާ ނަމަ ހަށިގަނޑުގައި ދަނގަޑުގެ ބައި އުފައްދާ މިންވަރު ވަރަށް އިތުރެވެ. އެހެންކަމުން އެނީމިއާ ފަދަ ބަލިތަކުން ސަލާމަތްކޮށްދެއެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ވިޓަމިން ސީ ބޭނުންކުރާނަމަ ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. އެއީ ހަށިގަނޑުގައި ކޮލެސްޓްރޯލް ދައްކޮށްދީ މީހާ ހިތްހަމަ ޖެހުން ލިބުމުގެ ސަބަބުން މިފަދަ ބަލިތަކުން ދުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް