ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދާއި މެދު މިނިސްޓަރުގެ ކަންބޮޑުވުން

ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އަދިވެސް ދަށް ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދ...

08 Mar 2021 | 08:24

ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އަދިވެސް ދަށް ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވަޒިފާގެ ބާޒާރަށް ނުކުންނަ އަންހެނުންގެ އަދަދު މަދުވުމަކީ އެކަމަނާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަންހެނުން ވަޒީފާގެ މައިދާނަށް ނެރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގައި ވަޒީފާގެ ފުރުސުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ތަފާސް ހިސާބަށް ބަލައި ރާއްޖޭގައި އެންހެނުން މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މިންވަރާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިިޗާ ސާވޭ 2019" ގެ ހިސާބުތަކުގައި ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ 46 ޕަސެންޓެވެ. އެއަދަދަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ7،،466 އަންހެނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވަޒީފާގެ މައިދާނަށް ނުކުންނަން ބޭނުންވާ އަންހެނުންގެ އަދަދުވެސް މަދު ކަމަށެވެ.

އެހެންވެ އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވޯލްޑް ބޭންކާއެކު ޕްރޮގްރާމްތަކެއް ފަރުމާ ކުރަމުންދާ ކަަން މިނިސްޓަރު އިއުލާންކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް