ލިޓަސް އިން ކަނބަލުން ސައިކަލެއް ނެގުމުން، ލައިސަންސް ޚަރަދު ދެނީ

އަންހެނުންގެ ދުވަހުގެ ހާއްސަ އޮފަރގެ ގޮތުގައި ލިޓަސް އިން ކަނބަލުންނަށް ލައިސެންސް ޚަރަދު ދޭން ނިންމައިފިއެވެ. އެގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅިގެން ލިޓަސް އިން މާރިޗް 8 އަކުން މާރިޗ...

08 Mar 2021 | 05:43

އަންހެނުންގެ ދުވަހުގެ ހާއްސަ އޮފަރގެ ގޮތުގައި ލިޓަސް އިން ކަނބަލުންނަށް ލައިސެންސް ޚަރަދު ދޭން ނިންމައިފިއެވެ.

އެގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅިގެން ލިޓަސް އިން މާރިޗް 8 އަކުން މާރިޗް 11 އާ ދެމެދުގެ ދުވަސްތަކުގައި ސައިކަލެއް ގަންނަ ކޮންމެ ކަނބަލަކަށްވެސް އެއްގަމު އުޅަނދު (ސައިކަލް) ދުއްވުމުގެ ލައިސަންސް ނެގުމުގެ ޚަރަދު ލިބޭނެކަމަށް ލިޓަސް އިން ބުނެއެވެ.

https://web.facebook.com/litusautomobiles/posts/1861033894050874

ލިޓަސްއިން ސައިކަލް ދުއްވުމުގެ ލައިސަންސް ނެގުމުގެ ޚަރަދު ދެނީ މިހާރު ލައިސަންސް ނެތް މީހުންނަށެވެ.

ލިޓަސް އިން ބުނަނީ ޤައުމީ ދުވެލީގެ އެންމެ ކުރީގައިވެސް އަންހެނުން ކަމަށާއި، އަންހެނުންނަށް ވާނެ ކަމަށެވެ. އަދި އަންހެނުންގެ ދުވަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކަނބަލުންނަށް އަރިސްކުރާ ކަމަށް ލިޓަސްގެ ޕޯސްޓުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް