ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %40 ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، 24,485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.
ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު، ގުރައިދޫގައި 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓްޖަހައި ވެސް ނިމޭނެއެވެ.
މީގެ އިތުރުން 1،875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 46.01 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫޢު ހަވާލު ކުރެވިފައިވަނީ 01 އޮކްޓޯބަރ 2019 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް