އަންހެނުންގެ ދުވަސް: ޕޮއިޒް އަދި ދުވަސްގެ ފަރާތުން ހިދުމަތްތެރި މި ކަނބަލުންނަށް ހަދިޔާއެއް

މިއަދަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކަމުގައިވާއިރު، ރާއްޖޭގައިވެސް މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. އެހެން ނަމަވެސް އެހެން އަހަރުތަކުގައި ފާހަގަކުރާހާ ކުލަގަދަ ގޮތެއްގައި ރަސްމިއްޔާތު...

08 Mar 2021 | 04:11

މިއަދަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކަމުގައިވާއިރު، ރާއްޖޭގައިވެސް މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. އެހެން ނަމަވެސް އެހެން އަހަރުތަކުގައި ފާހަގަކުރާހާ ކުލަގަދަ ގޮތެއްގައި ރަސްމިއްޔާތުތަކެއް ބާއްވައިގެން މިއަދު މި ދުވަސް ފާހަގަކުރާކަށް އަހަރެމެންގެ ހާލަތު އަދަކު ތަނެއް ނުދެއެވެ.

ކޯވިޑްގެ މި ހާލަތުގައި ރާއްޖެ މިއޮތީ އަދިވެސް އެއް ގޮތަކަށްވުރެ ގިނަ ގޮތްގޮތުން ނުރައްކާތެރި ހާލަތެއްގައެވެ. ހަމަ ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު 100 އިން މަތީގައި ހުރިއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ ދެހާހުން މަތީގައެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އަދަދުވެސް އުޅެނީ ވަރަށް މަތީގައެވެ. ކޮވިޑްގެ މި ހާލަތު މެނޭޖްކޮށް ހިދުމަތް ދިނުމުގައިވެސް އިސް ސަފުގައި ކަނބަލުން އަންނަނީ ކަލުންނެކޭ ތަފާތެއް ނެތި މަސައްކަތް ކުރަމުންނެވެ.

މިފަދަ ބައެއް މަސައްކަތްތެރިން ކަނބަލުން ހިމެނޭ ދާއިރާތަކުގެ ތެރޭގައި ދިވެހި ފުލުހުން، ޑަކުޓަރުންނާއި ނަރުހުން، މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ކަނބަލުން ހިމެނެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޕޮއިޒް ޕާފިއުމްސް އާއި ގުޅިގެން ދުވަސް ނޫހުން ރޭގައި ހަރަކާތެއް ކުރިއަށް ގެންދެވުނެވެ. އެއީ ރޭގެ 11:00 އިން 12:00 އަށް ކުރިއަށްގެންދެވުނު ކުޑަ ހަރަކާތެކެވެ. ކަނބަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މަގުމަތީގައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގައި އުޅުނު ކަނބަލުންނާއި، ދިވެހި ފުލުހުންގެ އަންހެން އޮފިސަރުންނާއި ބައެއް ނަރުހުންނަށް ޕޮއިޒް އަދި ދުވަސްގެ ފަރާތުން ދުވަހުގެ ތަހުނިޔާއާއެކު ކުޑަ ހަދިޔާއެއް ދެވުނެވެ. މިއީ ތިޔަ ކަނބަލުން ތިޔަކުރައްވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ރަމްޒެކެވެ. ހުރިހާ ކަނބަލުންނަށް ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، މުބާރަކުބާދީ އަރިސްކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް