އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ފަސޭހަކަމާއި އެކު މެންޗެސްޓާ ޔނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑް ކާމިިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗު ފަށައިގެން ފުރަތަމަ 30 ސިކުންތުގެ ތެރޭގައެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ އެންތަނީ މާޝަލް އަށް ސިޓީގެ ގެބްރިއަލް ޖީސަސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ސިޓީ ކާމިޔާބުކުރި ލަނޑެެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭޒް އެވެ.
މެޗުގެ ފުރަތަމަ ހާފު ލީޑުގައި އޮވެ ޔުނައިޓެޑުން ނިންމާލިއިރު، ޔުނައިޓެޑުގެ ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިިޔާބުކޮށްދިނީ ލޫކް ޝޯ އެވެ.
ރޭ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މި މެޗުން ސިޓީ ބަލިވި ނަމަވެސް އެޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑަކާއެކު އެވެ. ރޭގެ މޮޅާއި އެކު ޔުނައިޓެޑް ވަނައަށް ޖެހިލީ ދެވަނައް 54 ޕޮއިންޓާއެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް