ބަލިމީހުން ކައިރިޔަށް ޒިޔާރަތް ކުރާ ގަޑި ވަގުތީގަތުން ހުއްޓާލައިފިން: އައިޖީއެމްއެޗް

މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް ރައްކާތެރި ވުމުގެ ގޮތުން އެންމެންގެ ރައްކާތެރިކަމަށް ބަލިމީހުނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަމަށް އައިޖީއެމްއެޗް އިން ބުނެފި ...

08 Mar 2020 | 12:45

މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް ރައްކާތެރި ވުމުގެ ގޮތުން އެންމެންގެ ރައްކާތެރިކަމަށް ބަލިމީހުނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

މިއަދު އައިޖީއެމްއެޗް އިން ނެރުނު ނޫސްބޔާނެއްގައި ބުނެފައިވަނީ ބަލިމީހާކައިރީ މަޑުކުރެވޭނީ ބަލިމީހާގެ އެހީތެރިޔާއަށް އެކަނި ކަމަށެވެ. އަދި ފާސް ލިބިފައިވާ މީހުން ގެ އިތުރުން ހޮސްޕިޓަލަށް ޒިޔާރަތްކުރުމާއި، އަދި މިނޫން ކަންކަމުގައި ވެސް ކޮންމެހެން ހޮސްޕިޓަލް އަށް ވަޑައިގަންނަވަން ނުޖެހޭނަމަ ހޮސްޕިޓަލް އަށް ވަޑައިނުގަތުމަށް މި ނޫސްބަޔާނުގައި  އިލްތިމާސްކުރެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓް ގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. އެއާއެކު، އެ ރަށް ލޮކްޑައުންކޮށް އެ ރަށުގެ ހާލަތު ވަނީ، އޮރެންޖް ހާލަތަށް ބަދަލުކޮށްފަ އެވެ. އަދި ރާއްޖޭގެ ހާލަތު ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް