ދަނޑުވެރިކަމުގެ ލޯނު 30 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރަނީ

ދަނޑުވެރިކަމަށް ހާއްސަކޮށްގެން ފިޝަރީޒް މިނިސްޓްރީން ދޫކުރަމުންދާ ލޯނުގެ30 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ. މި ލޯނަކީ "ދަނޑުވެރި ނަފާ" ގެނަމުގައި ދޫކުރާ ލޯނެކެވ...

08 Mar 2020 | 12:05

ދަނޑުވެރިކަމަށް ހާއްސަކޮށްގެން ފިޝަރީޒް މިނިސްޓްރީން ދޫކުރަމުންދާ ލޯނުގެ30 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

މި ލޯނަކީ "ދަނޑުވެރި ނަފާ" ގެނަމުގައި ދޫކުރާ ލޯނެކެވެ.

މި ލޯނު ދޫކުރަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އާބަން އެގްރިކަލްޗާ ޕްރޮޓެކްޓަޑް އެގްރިކަލްޗާ، ޓެރެސް ނުވަތަ ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާއަތުގެ ކަންކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދަނޑުވެރިކަމަކީ އިގްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކޮށް އަންހެނުން ކުރާ މަސައްކަތްތައް ތަރައްގީކުރުމަކީ މި ލޯނުގެ30 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރި މައިގަނޑު މަގުސަދު ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯން ޕްރޮޤްރާމްގެ ފޯމް އެސް.ޑީ.އެފް.ސީ އިންނާއި މިމިނިސްޓްރީން ލިބެން ހުންނާނެ ކަަމަށާއި އަދި މިނިސްޓްރީއަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް