ކޮންމެ ފަރުޟު ނަމާދެއްގައި ގުނޫތު ކިޔަން ނިންމައިފި

ކޮވިޑް-19 އިން ސަލާމަތް ކޮށްދެއްވުމަށް އެދި މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ގުނޫތު ކިޔާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސައިފި އެވެ. އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއ...

08 Mar 2020 | 11:56

ކޮވިޑް-19 އިން ސަލާމަތް ކޮށްދެއްވުމަށް އެދި މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ގުނޫތު ކިޔާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން މިގޮތަށް މިއަދު ނިންމީ ރާއްޖޭގައި ކޮރޯނާ ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަން ޔަގީން ވެފައިވުމުންނެވެ. އަދި މި ބައްޔަށް އިތުރަށް ޝައްކުވާ މީހުން ފެންނަމުންދާތީއާ އެކުގައެވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފުންނެވެ. މިހާރު އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް