ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަތޮޅު ތެރޭގައި ސްރީން ކުރުން ކުރިޔަށް ގެންދާ ރަށްށުގައި އެ މަސައްކަތް ކުރާތީ ހާސް ނުވުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
ބައެއް މީހުން މިހާސްކަން އުފައްދަން ފެށީ ށ. ފޯކައިދޫގައި އެޗްޕީއޭގެ ޓީމަކުން ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދާތީ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރަށުގައި އެ މަސައްކަތް ކުރުމަކީ ރައްޔިތުން ހާސްވާން ޖެހޭ ކަމެއް ނޫންކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ރާއްޖޭގެ ވަކިވަކި ރަށްތަކެއްގަ އެ މަސައްކަތް ކުރަނީ ކޮރޮނާ ވައިރަސްއަށް ޕޮސިޓިވްވި ދެ މުވައްޒަފުންނާއި އެއް ރިސޯޓެއްގައި މަސައްކަތް ކުރި މުވައްޒަފުން އެ ރަށްރަށުގައި ތިބުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ކުރެއްދޫ ރިސޯޓުގައި ފަތުރުވެރިޔާ ހުރި މުއްދަތުގައި އެ ރިސޯޓުގައި އުޅުމަށްފަހު ގޮސްފައިވާ އެންމެންގެ މައުލޫމާތު ހޯދާ އެމީހުންގެ ސިއްހީ ހާލަތު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުން ގެންދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މިއީ ރައްޔިތުން ހާސްވާންވީ ވަގުތު ނޫން ކަމަށާއި އެ ރަށްރަށުގައި ކުރިޔަށް ގެންދާ ސްކްރީނިންތަކުން ހާސްވާން ޖެހޭ ކަމެއް ވާނަމަ އެޗްޕީއޭއިން އެކަން އާންމުންނަށް އަންގާނެ ކަމަށެވެ.
ފޯކައިދޫގެ އިތުރުން ޅ. ހިންނަވަރުގައި އެމަޖެންސީ ރެސްޕޮންސް ޓާސްކްފޯހު ވަނީ އެ ރަށު ސިއްހީ މަރުކަޒާ ދުރުގައި ފްލޫ ކްލިނިކެއް ހުޅުވާފައި އެވެ. އެ ކްލިނިކްގައި ފަރުވާދެނީ ރޯގާ އާއި ހުން އައިސް ނޭވާ ހިއްލާ މީހުންނަށެވެ.
ހިންނަވަރަކީ ކުރެއްދޫ އާއި އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. އަދި ހިންނަވަރު ގިނަ ބަޔަކު ކުރެއްދޫގައި ވަޒީފާ އަދާ ކުރެ އެވެ.
ހެލްތް މިނިސްޓްރީން ބުނީ މިދިޔަ15 ވަރަކަށް ދުވަހުގެ ތެރޭގައި ކުރެއްދޫއަށް އަރާ ފައިބާފައިވާ އެންމެންގެ ސިއްހީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ރާއްޖޭގައި ތިބި މީހުންގެ އެވެ.
ކުރެއްދޫގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނަށް ކޮރޮނާ ވައިރަސް ޖެހުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހުމި މަހު އެއްވަނަ ދުވަހު ފުރި އިޓަލީ ފަތުރުވެރިއެއްގެ ގައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް