ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއިން ފެނި ގައުމު ތައްޔާރީ ހާލަތަކަށް އައިސްފަ ވާއިރު ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ބައި މިލިއަން މާސްކު ގެނެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އެ މާސްކުތަކަކީ ޓޫރިޒަމް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ރާއްޖެ ގެނެސްފައިވާ މާސްކުތަކެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ކޮރޯނާ ވައިރަސް ފެނިފައިވާ ކުރެއްދޫ ރިސޯޓަށާ، އިތުރު ރިސޯޓެއް މާސްކު ބޭނުންވާނެ ހާލަތަކަށް ހިންގައްޖެނަމަ އެ ފަރާތްތަކަށް ވަގުތުން މާސްކް ފޮނުވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.
ސިއްހީ ދާއިރާގެ ބޭފުޅުންގެ ލަފާއަށް ބަލާއިރު އަދި މިއީ އާންމުކޮށް މާސްކު އަޅަން ޖެހޭ ފަދަ ހާލަތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ މި މާސްކު ތަކަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިސްފަރާތްތައް ގުޅިގެން އުފަންދާފައިވާ ފަންޑަކުން ގެނައި ތަކެތި ކަމަށް ވިޔަސް ބޭނުން ޖެހޭ ވަގުތު ފުރަތަމަ މާސްކުތަކުގެ ބޭނުން ޖެހެނީ އާންމު ރައްޔިތުންނަށް ކަމަށްވާނަމަ ފުރަތަމަ ދޭނީ އާންމުންނަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮރޮނާ ވައިރަސްގެ ފުރަތަމަ ކޭސް ރާއްޖެ އައީ ޓޫރިސްޓެއްގެ ފަރާތުން ކަމަށްވާތީ ސަރުކާރުން ފިޔަވަޅު ނާޅާކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އެއްގޮތަކަށްވެސް ހީނުކުރުމަށް އެދޭ ކަމަށެވެ. އެ މުއްވަޒފުންގެ ސަލާމަތައް މުހިންމު އިސްކަމެއް ދީގެން ދުރާލާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުންް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކ. ވިލިވަރުގެ30 އެނދު ސަރުކާރަށް ދީފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތެއްކަމަށްވާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ. ރުކާރުން އެދިއްޖެ ނަމަ އެ މުއްދަތު އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާ އޮތީ އެ ދާއިރާއަށް ލޮޅުމެއް އައިސްދާނެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް