އަންހެނުންގެ ހިދުމަތްތައް ފާހަގަކުރަން: ރައީސް ސޯލިހް

އަންހެނުން މި މުޖުތަމައު ކުރިއެރުވުމަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރެވެމުންދާ ބައިނަލް އަގުވާމީ އަ...

08 Mar 2020 | 07:47

އަންހެނުން މި މުޖުތަމައު ކުރިއެރުވުމަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރެވެމުންދާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ގެ ތަހުނިޔާ ކިޔުއްވާ ރާއިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމައު ދެކޭގޮތުގައި ހަމަހަމަ ކަން އޮތް މި ދުނިޔެއަކީ ކުރިއަރާފައިވާ ދުނިޔެއެއްކަމަށެވެ. އެހެން ކަމުން އަންހެނުންގެ ކުރިއެރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގޮންޖެހުންތައް ހުޓުވާ ހަމަހަމަ ދުނިޔެއެއް ގާއިމު ކުރުމަށް މަސައްކަތްކުރާކަމަށެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންހެނުންގެ ކުރިއެރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ވެސް އެޅުއްވި އެވެ. އެގޮތުން އެމަނިކުފާނުގެ ކެބިނެޓްގައި އަންހެނުންގެ އަދަދު އިތުރުކޮށް މި ފެށޭ ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންގެ ބައިވެރިވުން ވަނީ އިތުރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް